އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އާރްއެފްއައިޑީ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާއަށް ދެއްވި ބަސްދީ ގަތުމެއްގައި ވަޒީރު އަމީން ވިދާޅުވީ، އާންމު ރައްޔިތުން ދުއްވާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ނިޒާމެއް ތަޢާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެގޮތުން އާރްއެފްއައިޑީ ޓެކްނޮލޮޖީ ތަޢާރަފްކޮށް، ވަގު ނަންބަރު ޕްލޭޓް ބޭނުންކުރުން ހުއްޓުވުމާއި، އުޅަނދުތަކަށް އެހެން ފަރާތްތަކުން ބެހުމުން އެލާޓް ކުރެވޭނެ ގޮތަށާއި، ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ދެނެގަނެވޭނެ ގޮތަށް ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތް ކުރަށްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އެކަމުގެ ސަބަބުން އުޅަނދު ވަގަށް ނެގުމުގެ މައްސަލަތައް މަދުކުރެވޭނެ ކަމަށާއި، ތަންފީޒީ އިދާރާތަކުގެ މަސައްކަތް ފަސޭހަވެގެންދާނެކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
“އުޅަނދުތަކުގެ އޯނަރުންނަށް އޭގެ ސެކިއުރިޓީ މިއަދަކު ނެތް، ވަގަށްވެސް ނަގަންވީ. ފުލުހުންނަށް މިހުރިހާ އެއްޗެހި ބެލެހެއްޓުމަކީ ޕްރެކްޓިކަލް ކަމެއް ނޫން.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި އެކަނިވެސް 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވެއެވެ. މީގެ ތެރެއިން 70 އިންސައްތައަކީ ދެފުރޮޅުލީ އުޅަނދެވެ.

ކިޔުންތެރިންގެ ހިޔާލު