ދައުލަތުގެ ބެލުމުގެ ދަށުގައިތިބި 75 ކުއްޖަކު ޢާއިލާތަކާ ޙަވާލުކޮށްފައިވާ ކަަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި 160 އަށްވުރެ ގިނަ ކުދިން އެބަތިބި ކަމަށެވެ. އަދި "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮޮގްރާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައިތިބި 75 ކުއްޖަކު މިހާތަނަށް ޢާއިލާތަކާ ޙަވާލުކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުގެ ބެލުނުގެ ދަށުގަައިވާ ކުދިންނަކީ ވެލްފެއާ ސެންޓަރުތަކުން ނިކުންނައިރު އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުދިބަޔަކަށް ހެދުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދަޢުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ މުޖްތަމަޢަށް ޚިދުމަތްތެރި އަދި މުޖްތަމަޢު ބަލައިގަންނާނެ ބަޔަކަށް ހެދުމަށްޓަކައި އެކުދިންނަށް ބޭނުންވާ ތަމްރީނުތަކާއި ހުނަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު އެމްޕަވަރމަންޓް އެންޑް އެމްޕްލޯއިމަންޓްގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް އުފައްދާފައިވާކަން ފާހަގަ ކުރަށްވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޢުމުރުން 14 ވަރަކަށް އަހަރުވުމުން އެކުއްޖަކު ބޭނުންވާ ދާއިރާއަކުން ތަމްރީނުތައް ފޯރުކޮށްދޭ ކަމަށެވެ.
އޭގެއިތުރުން ވަޒީރު ވިދާޅުވީ، ކުދިން ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމަށްފަހު ކުއްޖާގެ ޢުމުރުން 18 އަހަރު ވުމުގެކުރިން އެކުދިންނަށް ސެޓްފިކޭޝަން ލިބޭގޮތަށް ކަންތައްތައް އިންތިޒާމް ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު