މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް
މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް
ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ގޮތުން ގާއިމްކުރާ އިންޓަރެކްޓިވް މިއުޒިއަމްގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ މިއުޒިއަމް ފެށުމަށްޓަކައި ބޭނުންވާ ކަރުދާހުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންޓަރެކްޓިވް މިއުޒިއަމްގެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް ކަަމަށެވެ.

މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ސަގާފަތް ސާފުކޮށް ދޭހަވާނެ ކަމަށާއި ތަރިކައަކީ ކޮބައިކަން އެނގޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތާރީޚީ ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އައު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމާއެކު، ތަރިކައިގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން