ޝެއިހް ފަރީދު
ޝެއިހް ފަރީދު
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ފަރީދު ކުއްލިގޮތަކަށް އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިހް ފަރީދު އަވަހާރަވީ ޚިދުމަތް ޖަމްއިއްޔާގެ ޓީމަކާއެކު މީގެކުޑަވަގުތުކޮޅެއް ކުރިން މެލޭޝިޔާގެ އެއާޕޯޓަށް ވަޑައިގަތްފަހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓުގައި ހުންނަވަނިކޮށް ފަރީދު ވެއްޓިވަޑައިގެންނެވީއެވެ. ވެއްޓިވަޑައިިގެންނެވުމުން އަވަސް ފަރުވާ ވެސް ދީފައިވެއެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުންފަރީދު ވަނީ އަވަހާރަވެފައެވެ.

ފަރީދަކީ ރާއްޖޭގައި ދީނީ ނަސޭހަތްދީ އިސްލާމް ދީނަށް ދައުވަތު ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާވަނީ ދީނީ ދަރުސްތަކެއްގެ މައްސަލައެއްގައި ޖަލުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ.

ޝެއިހްއަށް އަވަހާރަވީ ސިއްހީ މައްސަލައެއް ދިމާވެގެން ކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން