ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވި ނަމަވެސް އޭނާ އިސްލާމްދީނަށް މަގުދެއްކެވުމުގައި އަދާކުރި ހީވާގި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ އިބްރާހީމް ފަރީދު އަވަހާރަވީ މިއަދު މެލޭޝިއާއަށް ވަޑައިގެން، އެއާޕޯޓުގައި ހުންނަވަނިކޮށެވެ. އެއާޕޯޓުގައި ހުންނަވަނިކޮށް ޝެއިހް ފަރީދު ވެއްޓިވަޑައިިގެންނެވުމުން އަވަސް ފަރުވާ ވެސް ދެމުންދަނިކޮށް އޭނާ ވަނީ އަވަހާރަވެފައެވެ.
ޝެއިހް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު އެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ޝެއިޚް ފަރީދަކީ ދީނީ ކަންކަމަށް މަގުދެއްކެވުމުގައި ހީވާގި އަދި ހިތްވަރުގަދަ ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ޝެއިހް ފަރީދުގެ ދީނީ ޚިދުމަތްތަކުގެ ހަނދާންތަކަށް ނިމުމެއް ނާންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމު ވެރިޔާ މަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދަކީ، ޚުލްޤު ހެޔޮ، އަޅުވެރިއެކެވެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ މަރްޙޫމް ޝެއިޚް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި ޝެއިހަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބިވަޑައިގަތުމަށާއި، ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
ޝެއިޚް ފަރީދުގެ ހަޔާތްޕުޅުގައި ދިވެހިރާއްޖޭގެ ދީނީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ވަނީ ކުރަށްވާފައެވެ. ފަރީދަކީ ރާއްޖޭގެ އެކި ރަށްރަށުގައި ދީނީ ދަރުސްތައް ދެއްވައި އާންމުންގެ ދީނީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްޕުޅު ތަކެއް ކުރަށްވަމުން ގެންދެވި ބޭފުޅެކެެވެ. އެ ދަރުސްތަކުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެއެވެ.
ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައިވާ ޝެއިޚް ފަރީދު އަވަހާރަވުމާއި ގުޅިގެން ސިޔާސީ ޕާޓީތަކުންނާއި ދީނީ ޖަމިއްޔާ ޖަމާޢަތްތަކާއި ދީނީ އިލްމްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޝެއިހް އަށް ހެޔޮ ދުޢާ ކޮށް، ޢާއިލާއަށް ތަޢުޒިޔާ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު