ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދު އަވަހާރަވުމަކީ އިސްލާމީ ޚިދުމަތަށް ލިބުނު ދެރައެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ އިބްރާހީމް ފަރީދު އަވަހާރަވީ މިއަދު މެލޭޝިއާއަށް ވަޑައިގެން، އެއާޕޯޓުގައި ހުންނަވަނިކޮށެވެ. އެއާޕޯޓުގައި ހުންނަވަނިކޮށް ޝެއިހް ފަރީދު ވެއްޓިވަޑައިިގެންނެވުމުން އަވަސް ފަރުވާ ވެސް ދެމުންދަނިކޮށް އޭނާ ވަނީ އަވަހާރަވެފައެވެ.
ޝައިޚް އަވާމަހާރަވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޝެއިޚް ފަރީދު އަވަހާރަވުމަކީ އިސްލާމީ ޚިދުމަތަށް ލިބުނު ބޮޑު ދެރައެެއް ކަމަށެވެ.
"ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދު އަވަހާރަވި ޚަބަރު އަޑުއެހީ ވަރަށް ފުން ހިތާމައާއެކުގައެވެ. މާތްﷲ ޝައިޚަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ޝަޙީމް އިތުރަށް ވިދާޅުވީ ޝެއިޚް ފަރީދަކީ އެމަނިކުފާނުގެ ގާތް އަޚެއް ކަމަށާއި، އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވިފައިވާ އުސްތާޛެއް ކަމަށެވެ. އަދި ޝެއިޚް ފަރީދަކީ ޚިދުމަތްތެރި ޝަޚްޞިއްޔަތެއް ކަމަށާއި، ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"ބައްދަލުވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތް ދެއްވައެވެ." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ޝެއިޚް ފަރީދުގެ އަވަހާރަވުމާ ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި ސަރުކާރުގެ އިސް ބޭފުޅުން ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. ޝެއިޚް ފަރީދަކީ ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމާއި ދަޢުވާގެ މައިދާނުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު