މެލޭޝިޔާގައި މިއަދު އަވަހާރަވި ތަޢިބާ ހައްޖު އުމްރާގެ އެންމެ އިސް ޝައިޚް އަދި ޚިދުމަތް ޖަމިއްޔާގެ މުއައްސިސް ޝައިޚް އިބްރާހީމް ފަރީދުގެ ހަށިކޮޅު ރާއްޖެ ގެނައުމަށް ޚިދުމަތް ޖަމިއްޔާއިން މަސައްކަތް ފަށައިފިއެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޝައިޚް އިބްރާހީމް ފަރީދު އަވަހާރަވެފައިވަނީ ޚިދުމަތް ޖަމިއްޔާގެ ރަސްމީ މަސައްކަތެއްގައި މެލޭޝިޔާ އެއާޕޯޓުގައި ހުންނަވަނިކޮށެވެ. އެއާޕޯޓުގައި ހުންނަވަނިކޮށް ޝެއިހް ފަރީދު ވެއްޓިވަޑައިިގެންނެވުމުން އަވަސް ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ އަވަހާރަވެފައެވެ.ޚިދުމަތް ޖަމިއްޔާއިން ބުނީ ޝައިޚްގެ ހަށިކޮޅު ޖަނާޒާއަށް ރާއްޖެ ގެނައުމަށް ޚިދުމަތް ޖަމިއްޔާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވަނީ ޝައިޚްގެ ހަށިކޮޅު ވީ އެންމެ އަވަހަކަށް ރާއްޖެ ގެނައުމަށް މަސައްކަތް ފަށައިފައެވެ. އަޅުގަނޑުމެން އުންމީދު ކުރަނީ ޝައިޚްގެ ޖަނާޒާ މާލޭގައި ބޭއްވޭނެ ކަމަށެވެ." ޚިދުމަތް ޖަމިއްޔާގެ އިސް ފަރާތަކުން ބުނެފައިވެއެވެ.
ޝައިޚް އިބްރާހީމް ފަރީދަކީ ދިވެހިރާއްޖޭގައި ދީނީ ޢިލްމު ފެތުރުމުގައި އަދި ހައްޖާއި ޢުމްރާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ޝައިޚް އިބްރާހީމް ފަރީދުގެ އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ފާޅުކުރައްވައި، އޭނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ޝެއިޚް ފަރީދަކީ ދީނީ ކަންކަމަށް މަގުދެއްކެވުމުގައި ހީވާގި އަދި ހިތްވަރުގަދަ ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ޝެއިހް ފަރީދުގެ ދީނީ ޚިދުމަތްތަކުގެ ހަނދާންތަކަށް ނިމުމެއް ނާންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ޝައިޚް އިބްރާހީމް ފަރީދުގެ ހަށިކޮޅު ރާއްޖެ ގެނައުމާ ބެހޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރެވޭނެ ކަމަށް ޚިދުމަތް ޖަމިއްޔާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު