ކުއްލި ގޮތަކަށް މެލޭޝިޔާގައި މިމަހުގެ 9 ވަނަ ދުވަހު އަވަހާރަވި ޠައިބާ ޙައްޖު އުމްރާ ގްރޫޕްގެ އެންމެ އިސް ޝައިޚް އަދި ޚިދުމަތް ޖަމިއްޔާގެ މުއައްސިސް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله ގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، 9 ޖޫން 2025 ގައި މެލޭޝިޔާގައި އަވަހާރަވި ރާއްޖޭގެ ޢިއްޒަތްތެރި އިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދުގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު ކަމަށެވެ.
“މާލޭގެ އިތުރުން މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި ހުކުރު ކުރާ މިސްކިތްތަކުގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މިހެންކަމުން ރަށްރަށު ކައުންސިލްތަކާއި އިމާމުން މިކަމަށް ސަމާލުވެލެއްވުން އެދެމެވެ. މިކަމާ ގުޅޭ ރަސްމީ ނޯޓް މިއަދު ކައުންސިލްތަކަށް ފޮނުވޭނެއެވެ.” އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ހަމައެއާއެކު އިސްލާމިކް މިނިސްޓްރީން ބުނީ، ޝައިޚް ފަރީދަކީ ދަޢުވަތުގެ މައިދާނުގައި ދިވެހިރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަގުހުރި ދިވެހި އިލްމީ ދަރިއެއް ކަމަށެވެ.
“ޝައިޚު ފަރީދު، މި ވަގުތީ ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާޢު ކީ އެންމެހައި ދިވެހިން ރޮއްވައިލައިފައެވެ. ޝައިޚު ފަރީދު ދަންނަ އެންމެހައި މީސްތަކުންގެ ހިތްތަކުގައި މިއަދު އާލާވަމުން ދަނީ އެ ބޭފުޅާގެ ހެޔޮ ހަނދާންތަކެވެ. އެ ބޭފުޅާއަކީ ހިތްވަރު ގަދަ، ޚުލްޤު ހެޔޮ، މީހުންނާ ގާތް ރަޙުމަތްތެރި ބޭފުޅެކެވެ. އެ ބޭފުޅާގެ އަސަރުގަދަ ދަރުސްތަކުގެ ސަބަބުން ހިތަށް ފުން އަސަރެއް ކުރުވިއެވެ. އެ ބޭފުޅާގެ ރީތި އަޑުފުޅުން ކީރިތި ޤުރްއާން ތިލާވަތުކުރައްވައެވެ. މުޅި ޙަޔާތް ހޭދަކުރެއްވީ އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައެވެ. ދުނިޔެއާ ވަކިވެގެން އެ ދިޔައީ ވެސް އެ މަގުގައި ހިންގަވައިފައި ވަޑައިގަންނަވަނިކޮށެވެ. މާތް ﷲ ޝައިޚް ފަރީދުއަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ!” އިސްލާމިކް މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖުގައިވެއެވެ.
އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ، ޝައިޚު ފަރީދު ފަދަ ބޭފުޅުންގެ ޙަޔާތުން ފިލާވަޅުތައް ލިބިގަނެ، އެ ބޭފުޅުން ކޮށައިދެއްވި މަގުން ހިނގައި، އިސްލާމް ދީނާއި ވަޠަނުގެ ދިފާޢުގައި ދެމިތިބޭނެ ޒުވާން އިލްމީ ޖީލެއް ބިނާކުރުމުގެ ބުރަބޮޑު މަސްއޫލިއްޔަތު މިއަދުގެ ޢިލްމުވެރިންގެ ކޮނޑުގައި އެޅިފައިވާކަން ފާހަގަ ކުރަށްވާފައެވެ.
ޝައިޚް ފަރީދުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު، ޝައިޚުގެ ޖަނާޒާ މެލޭޝިއާގައި މިއަދު މެންދުރު ކުރިއަށް ގެންދާ ގޮތަށް، ޢާއިލާއިން މިހާރު ވަނީ ހަމަޖައްސާފައެވެ. ޝައިޚުގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގެ ރާޖާ ހާޖީ ފީސަބީﷲ މިސްކިތުގައެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދު އަވަހާރަވެފައިވަނީ ޚިދުމަތް ޖަމިއްޔާގެ ރަސްމީ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. ޝައިޚް އަވަހާރަވީ، އެއާޕޯޓުގައި ހުންނަވަނިކޮށް ވެއްޓިވަޑައިިގެންނެވުމުން އަވަސް ފަރުވާ ދެމުންދަނިކޮށް ކަމަށް ޢާއިލާއިން މަޢުލޫމާތު ދީފައިވެއެވެ.
ޝައިޚް އިބްރާހީމް ފަރީދަކީ ދިވެހިރާއްޖޭގައި ދީނީ ދަޢުވަތު ދެއްވުމާއި، ހައްޖާއި ޢުމްރާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޝައިޚް އަވަހާރަވުމާ ގުޅިގެން ޝައިޚަށް ހެޔޮ ރަޙްމަތް ލެއްވުމަށް އެދި ޙިއްސާކޮށްފައިވާ މެސެޖްތަކުން މީސްމީޑިއާގެ ވަޞީލަތްތައް ވަނީ ފުރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު