ކުއްލި ގޮތަކަށް މެލޭޝިޔާގައި މިމަހުގެ 9 ވަނަ ދުވަހު އަވަހާރަވި ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله ގެ ހަނދާނީ މީސްކިތް ޢިމާރާތް ކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަވެފައިވާ ކަމަށް އެކަމުގައި އިސްކޮށް ޙަރަކާތްތެރިވާ ޚިދުމަތް ޖަމިއްޔާއިން ހާމަކޮށްފިއެވެ.
ޠައިބާ ޙައްޖު އުމްރާ ގްރޫޕްގެ އެންމެ އިސް ޝައިޚް އަދި ޚިދުމަތް ޖަމިއްޔާގެ މުއައްސިސް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله އަވަހާރަވީ ރާއްޖޭން މެލޭޝިއާއަށް ވަޑައިގެން އެއަރޕޯޓުގައި ހުންނަވަނިކޮށް ކުއްލިގޮތަކަށެވެ. ޝައިޚް މެލޭޝިއާއަށް ވަޑައިގެންނެވީ ޙަލާލު ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ
ޚިދުމަތް ޖަމިއްޔާއިން މިއަދު ބުނީ، ޝައިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް އެޅުމަށް އިއުލާން ކުރިތާ ހަތް ގަޑިއިރުގެ ތެރޭގައި މިސްކިތް އެޅުމަށް ބޭނުންވާ 80 އިންސައްތަ ފައިސާ ލިބިފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު މިސްކިތް އެޅުމަށް ބޭނުންވާ ވަރަށް ފައިސާ ހަމަވެފައިވާ ކަމަށް އެޖަމިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ.
އެ ޖަމިއްޔާއިން ބުނީ މިސްކިތުގެ ޖާގައިގެ އަދަދަކީ 455 މީހުން ކަމަށެވެ. އަދި ބޮޑުމިނުގައި 250 ސްކޮއާ މީޓަރު ހުންނަ އެ މިސްކިތައް ހަރަދުވާނެ ކަމަށް އެ ޖަމިއްޔާއިން ލަފާކޮށްފައިވަނީ 760،000ރުފިޔާއެވެ.
ޚިދުމަތް ޖަމިއްޔާއިން މީގެކުރިންވެސް ވަނީ ދިވެހިންގެ އެހީއާއެކު ބަންގްލަދޭޝް އާއި އެހެން ބައެއް ގައުމުތަކުގައި މިސްކިތް ބިނާކޮށްފައެވެ.
ޢުމުރުފުޅުން 53 އަހަރުގައި އަވަހާރަވި ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله ގެ ހަށިކޮޅު މިއަދު ވަނީ މެލޭޝިއާގައި ވަޅުލައިފައެވެ. ޝައިޚް ފަރީދުގެ ޖަނާޒާ ކުރިއަށް ގެންދިޔައީ މެލޭޝިއާގެ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. އަދި އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ވަނީ ނިންމާފައެވެ.
ޝައިޚް އިބްރާހީމް ފަރީދަކީ ދިވެހިރާއްޖޭގައި ދީނީ ދަޢުވަތު ދެއްވުމާއި، ހައްޖާއި ޢުމްރާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޝައިޚް އަވަހާރަވުމާ ގުޅިގެން ޝައިޚަށް ހެޔޮ ރަޙްމަތް ލެއްވުމަށް އެދި ޙިއްސާކޮށްފައިވާ މެސެޖްތަކުން މީސްމީޑިއާގެ ވަޞީލަތްތައް ވަނީ ފުރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު