މިއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކޮށް ދިވެހި ޙައްޖުވެރިން މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިިނިސްޓްރީން މިއަދު ބުނެފިއެވެެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު މި މަހުގެ 13 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. އެގޮތުން ދެވަނަ ފްލައިޓު މި މަހުގެ 14 ވަނަ ދުވަހު، ތިންވަނަ ފްލައިޓު 16 ވަނަ ދުވަހު އަދި އެންމެ ފަހު ފްލައިޓު 17 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދާ މީހުންގެ އަދަދު މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭ އިން ވަނީ ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ކުޑަކުދިން ނުގެންދިއުމަށްވެސް އިލްތިމާސް ކޮށްފައެވެ. އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވީ، ތޮއްޖެހުން ކުޑަކޮށް، ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި މިފަދަ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ.
"ޙައްޖުވެރިން އެނބުރި ވަޑައިގަންނަވާއިރު، އެއަރޕޯޓަށް ވަޑައިގަންނަވާ ބޭފުޅުންގެ އަދަދު މަދުކުރެއްވުމަށް އަޅުގަނޑުމެން އެދެން. އަދި ޙައްޖުވެރިންނަށްވެސް އިލްތިމާސްކުރަން، އެނބުރި ވަޑައިގަތުމަށްފަހު ވީހާވެސް އަވަހަކަށް ގެއަށް ވަޑައިގެން މަޑުކުރެއްވުމަށް،" މުހައްމަދު ހަމްޒަތު ވިދާޅުވިއެވެ.
މިއަދު ވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މައްކާއިން މަދީނާއަށް ފުރާފައެވެ. ދިވެހި ޙައްޖުވެރިން ރާއްޖެ އަންނާނީ މަދީނާގައި މަޑުކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު