ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު، މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ދެ ފަނޑިޔާރުންނަށް، ފަނޑިޔާރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢައިޝާ ސުޖޫން އެވެ. މި ރަސްމިއްޔާތުގައި އެ ދެފަނޑިޔާރުން މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ޑރ. މުޢިއްޒު ވަނީ އެ ދެ ބޭފުޅުންނާއި ހަވާލުކުރައްވާފައެވެ.

ސަލީމާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރަން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ދެ ފަނޑިޔާރުންނަށް ވެސް ރުހުން ދީފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުންނެވެ. އެ ގޮތުން، ފަނޑިޔާރު ހަމީދަށް ރުހުން ލިބުނީ 60 ވޯޓުންނެވެ. އަދި، ފަނޑިޔާރު ސަލީމަށް ރުހުން ލިބުނީ 61 ވޯޓުންނެވެ.

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން