ފިހާރައެއްގައި މަސްދަޅު ކޭސްތައް،
ފިހާރައެއްގައި މަސްދަޅު ކޭސްތައް،
މާލޭގެ ފިހާރައަކުން 16 މަސްދަޅު ވަގަށް ނެގި މީހަކު ހައްޔަރު ކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ، އަބްދުﷲ ސަމީރު، 59އ އެވެ.

އޭނާ ހައްޔަރުކުރީ މަސްދަޅުތައް ވަގަށް ނެގި ފިހާރަ ތެރޭގައި ހިފަހައްޓައި، އެތަނުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.

ސަމީރަކީ މީގެ ކުރިން ވެސް ކުށުގެ ތުހުމަތުގައި 26 ފަހަރު ހައްޔަރުކޮށް، 16 ފަހަރު ބަންދުކޮށްފައިވާ މީހެކެވެ. އޭނާގެ ގިނައީވެސް ވައްކަމުގެ ރިކޯޑުތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން