ސްކޭމްގެ ޝިކާރައަކަށް ވުން-
ސްކޭމްގެ ޝިކާރައަކަށް ވުން-
އިންވެސްޓްމެންޓް ސްކޭމްތަކަށް ސަމާލުވާން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އެދިއްޖެއެވެ.

އެ ސެންޓަރުން ބުނީ ޓެލެގްރާމް މެދުވެރިކޮށް ސްކޭމަރުން ޔޫޒަރުންގެ އެކައުންޓުތައް ކޮމްޕްރޮމައިޒް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިފަދަ ސްކޭމްތަކުގައި ހިމެނެނީ އާދަޔާ ޚިލާފު ބޮޑެތި ފައިދާ ލިބޭނެ ކަމަށް ބުނެ ހިންގާ އަސްލެއް ނެތް ސްކީމްތަކެއް ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

އެހެންކަމުން ހަމައެކަނި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއެކު މުޢާމަލާތްކުރުމަށާއި، އިންވެސްޓްމަންޓް ޕްލެޓްފޯމްތައް ވެރިފައި ކުރުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިފަދަ އެއްވެސް ސްްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ. އަދި ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ކާޑު ބްލޮކްކުރުމަށްވެސް އަންގާފައި ވެއެވެ.

މީގެއިތުރުން، އެފަދަ ހާދިސާއެއް ހިނގައިފިނަމަ ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށްވެސް އެ ސެންޓަރުން ވަނީ އިރުޝާދު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން