ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލާގައި މަކުނުދޫ އަންހެނަކު ހޯދުމަށް އިޢުލާނު ކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހދ. މަކުނުދޫ / ލުބޯގަސްދޮށުގެ، އާއިޝަތު މަލީހާ، 22 އަހަރު، ހޯދަނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.
އޭނާ ހޯދަން އިއުލާން ކޮށްފައި ވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.
އަދި އެއީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮށްފައިވާ އިޢުލާނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށް މަލީހާ ހާޒިރު ވުމަށް ފުލުހުން އަންގާފައި ވަނީ ޖޫން 18 ވަނަ ދުވަހުގެ 10:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު