ޖޭއެސްސީގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު
ޖޭއެސްސީގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު
ޖުޑީޝަލް ސާވިސް ކޮމިޝަނަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ މަގާމަށް އެދި ފޯމު ހުށައެޅުމަށް އެދިފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަށް މަޤާމުގައި ހުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެ މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި، ދިވެއްސަކަށްވުމާއި، އުމުރުން 30 އަހަރުވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެއެވެ.

އަދި ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްުޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުމަކީ ވެސް ޝަރުތެއް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެމަޤާމަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި ވަނަވަރާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.

ޖޭއެސްސީ އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އެ މަގާމުގައި މިހާރު ހުންނެވި އައިމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން