ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިދިޔަމަހު ހުށަހަޅުއްވާފައިވާތީ، އެފުރުސަތު އޭނާއަށް އެރުވުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 27 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން، 01 ޑިސެންބަރު 2026 ވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރ ކުރެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމުން، ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، 01 ޑިސެންބަރު 2026 އިން ފެށިގެން ޝަރަފުވެރިކަމާއިއެކު ރިޓަޔަރ ކޮށްދެއްވުމަށް، 28 އޮކްޓޫބަރު 2026 ގައި ބޭއްވުނު ޖޭއެސްސީގެ ޖަލްސާއިން ވަނީ ނިންމާފައި ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ރިޓަޔަރކުރެއްވުމަށް ހުށަހަޅުއްވާ، އެދިވަޑައިގެންނެވި ގޮތަށް ރިޓަޔަރކޮށްދިނުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 1-31 ވަނަ މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ހޯދުމަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް މި ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ." ޖޭއެސްސީން ބުނެފައިވެއެވެ.
އެހެންކަމުން ޖޭއެސްސީން ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މިއަދު ހުޅުވާލާފައެވެ.
"އެޕްލިކޭޝަން ހުށަހަޅުއްވާނީ 08 ނޮވެންބަރު 2026 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން (08 ނޮވެންބަރު 2026 ވަނަ ދުވަހުގެ ހެނދުނު 10:00) މި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެވެ." ޖޭއެސްސީގެ އިޢުލާނުގައިވެއެވެ.
ފަނޑިޔާރު އަލީ ރަޝީދު ހުސައިނަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެމަނިކުފާނަކީ ޝަރީއަތާއި ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެއްވެސް މެއެވެ. އެގޮތުން، 2002 ވަނަ އަހަރު މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު އެމެރިކަން އޯޕަން ޔުނިވަސިޓީން ވަނީ މާސްޓާ އޮފް ޝަރީއާ ފުރިހަމަ ކުރަށްވާފައެވެ.
ޝަރުއީ ދާއިރާގައި ފަނޑިޔާރު އަލީ ރަޝީދު މަސައްކަތްޕުޅު ފެއްޓެވީ މާރިޗު 5، 2007 ގައެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި މަރުހަލާތަކުގެ ކޯޓުތަކުގައި މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޟީކަމާއި، ޑްރަގް ކޯޓުގެ ގާޟީކަމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޟީކަން ހިމެނެއެވެ.
ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޟީއެއްގެ މަގާމުގައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އަލީ ރަޝީދު އައްޔަނު ކުރައްވާފައިވަނީ 8 ސެޕްޓެންބަރު 2020 ގައެވެ. ދިގު މުއްދަތަކަށްފަހު ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވިއިރު، އެމަނިކުފާނު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަށްވައި، ބައެއް ކޮލެޖްތަކުގައި ޤާނޫނު އުނގަންނަވައި ދެއްވުމުގެ މަސައްކަތްވެސް ކުރަށްވާފައެވެ.
ފަނޑިޔާރު ޢަލީ ރަޝީދު މަގާމުން ރިޓަޔާ ކުރަށްވަން ހުށަހަޅުއްވާފައިވާއިރު، މީގެކުރިން އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި މުއުތަސިމް އަދުނާން ވެސް ވަނީ މިދިޔަ އަހަރު ރިޓަޔާ ކުރަށްވާފައެވެ. އޭގެކުރިން ފަނޑިޔާރު ސުޢޫދު ރިޓަޔާ ކުރަށްވާފައިވާއިރު، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަނީ މަޤާމުން ވަކިކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މިހާރުތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލަޣަނީ މުހައްމަދު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހިދު، ފަނޑިޔާރު ޢަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.

ކިޔުންތެރިންގެ ހިޔާލު