ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު މަގާމުގެ ނަމުގެ ކުރިއަށް "އޮނަރަބަލް" ގެ ލަގަބު ބޭނުންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެނިހެން ފަނޑިޔާރުންނާ މުޚާތަބު ކުރާ ކޮންމެ ފަހަރަކު މަގާމުގެ ނަމުގެ ކުރިއަށް "އޮނަރަބަލް" ގެ ލަގަބު ބޭނުންކުރަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން، ހައިކޯޓުގެ ފަނޑިޔާރުންނާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުން އަދި މެޖިސްޓްރޭޓުންނާ މުޚާތަބު ކުރާއިރު ބޭނުންކުރަންޖެހޭނީ މަގާމުގެ ނަމާއެކު "އަލްއުސްތާޒު" ނުވަތަ "އަލްއުސްތާޒާ" ނުވަތަ "ޑޮކްޓަރު" ގެ ލަގަބު ކަމަށްވެސް އެ ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.
އެ ކޮމިޝަނުން ބުނީ، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވާހަކަ ދައްކާއިރު އަދި ލިޔެކިޔުންތަކުގައިވެސް މި ލަގަބުތައް މިގޮތަށް ބޭނުންކުރަން ޖެހޭނެއެވެ.
ފަނޑިޔާރުންނާ މުޚާތަބު ކުރުމުގެ އުސޫލަށް މި ބަދަލު ގެނައިއިރު، ޖޭއެސްސީން ކުރިން އަންގާފައި އޮތީ އެއްވެސް ލަގަބެއް ބޭނުންނުކޮށް، ހަމައެކަނި އެ ބޭފުޅެއްގެ މަގާމުގެ ނަން ބޭނުން ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު