ފަސްމިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް އެކަން ފުރިހަމަކުރުމަށް ސްޓެލްކޯއިން ގަސް އިންދުމުގެ ޕްރޮގްރާމް ސިލްސިލާކޮށް ކުރިއަށް އެބަގެންދެއެވެ.
އެ މަސައްކަތުގެ ތެރެއިން ސްޓެލްކޯއިން ދަނީ ހަފްތާ ބަންދު ދުވަސްތަކުގައި އެ ކުންފުނީގެ ބްރާންޗްތައް ހުންނަ ރަށްރަށުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.
މި މަސައްކަތާ ގުޅޭގޮތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ އެކްސްގައި މިއަދު ވިދާޅުވީ، ރައީސްގެ ވައުދު ފުރިހަމަ ކުރުމަށް ސްޓެލްކޯއިން އަމާޒު ހިފާފައިވާނީ ފަސް ލައްކަ ގަސް އިންދުމަށްކަމަށެވެ.
އެހެންކަމުން އެ އަދަދަށް ގަސް އިންދާ ނިންމުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފަހުމީ ވިދާޅުވީ، އެ ކުންފުނީގެ ބްރާންޗްތައް ހުންނަ ރަށްރަށުގައި ހަފްތާ ބަންދު ދުވަސްތަކުގައި މިހާރު ކުރިއަށް ގެންދެވޭ ގަސް އިންދުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ރައީސްގެ އަމާޒަށް ވާސިލުވުމަށް ސްޓެލްކޯއިން އިންދުމަށް އަމާޒުހިފި ފަސްލައްކަ ގަސް އިންދާ ނިންމޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ފަސް މިލިއަން ގަސް ޕްރޮފްރާމަކީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ރައީސް ރަސްމީކޮށް ފައްޓަވައިދެއްވި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ އެކި ކުންފުނިތަކުން އިސްނަގައިގެންދަނީ މިހާރުވެސް ގިނަ އަދަދެއްގެ ގަސް އިންދަމުންކަން ފާހަގަކޮށްލެވެއެވެ.

ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަކުރުމަށް، ސްޓެލްކޯއިން ޕްލެޖްވެފައިވާ ގޮތަށް 500،000 ގަސް އިންދުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. އެގޮތުން ސްޓެލްކޯއިން… pic.twitter.com/Y9H6gvx4W4
— Hussain Fahmy (@HussainFahmy09) June 14, 2025
ފަހުމީ ވިދާޅުވީ، އެ ކުންފުނީގެ ބްރާންޗްތައް ހުންނަ ރަށްރަށުގައި ހަފްތާ ބަންދު ދުވަސްތަކުގައި މިހާރު ކުރިއަށް ގެންދެވޭ ގަސް އިންދުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ރައީސްގެ އަމާޒަށް ވާސިލުވުމަށް ސްޓެލްކޯއިން އިންދުމަށް އަމާޒުހިފި ފަސްލައްކަ ގަސް އިންދާ ނިންމޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ފަސް މިލިއަން ގަސް ޕްރޮފްރާމަކީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ރައީސް ރަސްމީކޮށް ފައްޓަވައިދެއްވި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ އެކި ކުންފުނިތަކުން އިސްނަގައިގެންދަނީ މިހާރުވެސް ގިނަ އަދަދެއްގެ ގަސް އިންދަމުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު