ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ
ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ
މޫސުން ގޯސްވެގެން ކުޅުދުއްފުށީ އެއާޕޯޓަށް ނުޖެއްސުނު ބޯޓެއް އެނބުރި މާލެއަށް އަތުވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި މޯލްޑިވިއަންގެ އޭޓީއާރު 72-600 މަރުކާގެ ފްލައިޓް ނަންބަރު ކިއު2442، ވައިބާރުވުމުގެ ސަބަބުން އެ ރަށަށް ނުޖެެއްސިގެން އެނބުރި އައިސް ޖައްސާފައިވަނީ ވީއައިއޭ އަށެވެ.

މޯލްޑިވިއަންގެ މި ފްލައިޓް ކުޅުދުއްފުށީ އެއާޕޯޓަށް ދާން ފުރީ މިއަދު ހެނދުނު 8:34 ގަ އެވެ. އަދި ހެނދުނު 9:20 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން އޮތް އެ ބޯޓަށް އެ އެއާޕޯޓުގައި ނުޖެއްސިގެން ވަރަށް ގިނައިރު މަތީގައި އުދުހެން ޖެހުނެވެ.

އެގޮތުން ދެ ގަޑިއިރެއްހާއިރު އުދުހުމަށްފަހު ބޯޓު ވީއައިއޭގައި ޖައްސާފައިވަނީ މިއަދު ހެނދުނު 11:00 ގައެވެ.



ވައިބާރުވުމުގެ ސަބަބުން މޯލްޑިވިއަންގެ ބޯޓު އެނބުރި ވީއައިއޭގައި ޖައްސާފައިވާއިރު، މޫސުމާ ބެހޭ އިދާރާއިން ވަނީ މިއަދު ހެނދުނު 11:45 އިން ހަވީރު 4:00 އަށް ކުޅުދުއްފުށި ހިމެނޭ ސަރަޙައްދަށް ވައިޓް އެލަރޓް ނެރެފައެވެ.

އެގޮތުން އެސަރަޙައްދަށް ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން