ތ. ގުރައިދޫ އެއާޕޯޓް ތަރައްޤީ ކުރުމަށްޓަކައި ކުރިއަށްގެންދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޖުމްލަ 82 އިންސައްތަ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ތ. ގުރައިދޫގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ އޮޕަރޭޝަންތައް މީގެ ކުރިން ވަނީ އެއްކޮށް ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި ޖިއޯ ބޭގް ރިވެޓްމަންޓް އެޅުމުގެ މަސައްކަތްތަކެވެ.
ޖުމްލަ 106.02 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާ މި މަޝްރޫޢުގެ ދަށުން، 13.80 ހެކްޓަރު (378،350 ކިއުބިކް މީޓަރު) ގެ ބިން ހިއްކުމާއި، 979 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 609 މީޓަރުގެ ޖިއޯ-ބޭގް ރިވެޓްމަންޓް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ ތިލަދެކުނުގެ ރައްޔިތުންނަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފަހިކޮށްދިނުމުގެ ގޮތުން ހިންގާ ޚާއްސަ މަޝްރޫޢެކެވެ.
ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފުރިހަމަވުމުން، އެއާޕޯޓުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 26 ޖުލައި 2027 ގެ ނިޔަލަށް ގުރައިދޫ އެއާޕޯޓް ހުޅުވުމަށް މަސައްކަތް ކުރަށްވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު