މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު ހުޅުމާލެއިން ޢުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތީގެ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. މެޑޯސްވީޓް، މާލެ، އަޙްމަދު ޢަފީފް (60އ) ކަމަށެވެ.
އެގޮތުން މި ޖޫން މަހުގެ 13 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ހުޅުމާލެ 10 ނަންބަރު ފްލެޓުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނިގެންނެވެ.
އަދި އޭނާ ހުއްޓުވައި، އޭނާ އެވަގުތު ހުރިތަން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.
މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ދީފައިވަނީ 10 ދުވަހު ބަންދުގެ މުއްދަތެވެ. ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު