އަންގާރަދުވަހު ހިފެހެއްޓި 18 ކިލޯގެ ޑުރަގު
އަންގާރަދުވަހު ހިފެހެއްޓި 18 ކިލޯގެ ޑުރަގު
މިދިޔަ އަންގާރަ ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ ޑުރަގުގެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

ގާތްގަނޑަކަށް 26 މިލިއަން ރުފިޔާގެ އެ ޑުރަގު އެތެރެކޮށްފައިވަނީ ގަސްމުށިތަކެއްގެ އެތެރޭގައި ފޮރުވައިގެނެވެ. އެއާ ކާގޯ ޝިޕްމަންޓެއްގައި އެތަކެތި ގެނައީ ބެންގަލޫރު މަގުންނެވެ.

އެތަކެއްޗާ ހަވާލުވާން ދިޔައީ ބިދޭސީއެއްކަމަށް ފުލުހުން ބުނެއެވެ. އެ ބިދޭސީ މީހާ އެ ދުވަހު ހައްޔަރުކުރިނަމަވެސް އެ ތަކެއްޗާ އޭނާއާ ގުޅުމެއް ވާކަމަށް ނުފެންނަކަމަށް ބުނެ ފުލުހުން ފަހުންވަނީ އޭނާ ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، 18 ކިލޯގެ ޑުރަގުގެ މައްސަލާގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށެވެ.

އޭގެ އިތުރުން، އެތަކެތި އެތެރެ ކޮށްފައިވަނީ ކާކުގެ ނަމެއްގައިކަމެއް ވެސް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނަމުންދަނީ މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން