ޖީއެމްސީއީ ނުވަތަ ޖެމްކިއު އަކީ ސްކޭމެއް ކަމަށްބުނެ އޭގައި އިންވެސްޓް ނުކުރުމަށް ފުލުހުންގެ އިދާރާއާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އިލްތިމާސްކޮށްފިއެވެ.
ސީއެމްޑީއޭއާ ފުލުހުން ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުން ގެންދާ އިންވެސްޓްމަންޓް ސްކީމަކީ އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރނެޓް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓްފޯމެއް ކަމަށާއި މި ޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކަށް ޔޫއެސްޓީޑީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ (ކްރިޕްޓޯކަރަންސީ) ބޭނުންކޮށްގެން އިންވެސްޓްކުރެވޭ ކަމަށެވެ.
އަދި އިންވެސްޓަރުންނަށް ކޮންމެ ދުވަހަކު، އެ ފަރާތެއްގެ އިންވެސްޓްމަންޓް ދަރަޖަ (ޓިއަރ ލެވެލް) އަށް ބިނާކޮށް ޕްލެޓްފޯމުގައިވާ ވަކި ބަޓަނަކަށް ފިތާލުމުން، އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ އެހީގައި ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާކަމަށް ދައްކުވައިދޭކަމަށާއި މި ސްކީމުގައި އިންވެސްޓްކުރާ އެންމެ ދަށް އިންވެސްޓްމަންޓްގެ 2.5 އިންސައްތައިގެ ފައިދާ (ރިޓާން އޮން އިންވެސްޓްމަންޓް) ލިބޭކަމަށް ދައްކުވައިދޭކަމަށް ފުލުހުން ބުނެއެވެ.
ގާނޫނު ނަންބަރު 02/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު، އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަންވާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށްގެން ހުއްދަނަގައިގެން ކަމަށް ބުނެފައިވީނަމަވެސް އެ ސްކީމް ހިންގަނީ އެފަދަ ހުއްދައެއް ނަގައިގެން ނޫންކަމަށް ފުލުހުންވަނީ ބުނެފައެވެ.
އެހެންކަމުން މި ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަން އެނގޭ ކަމަށާއި ދިވެހި ފުލުހުންގެ ހިދުމަތުން، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި، ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުކުރެވިފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން މިފުރުސަތުގައި ހަނދާންކޮށްދެން." ދެ އިދާރާއިން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނީ، ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރާކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަރިތަނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތައް އިންޓަރނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައި، ރަނގަޅަށް ދިރާސާނުކޮށް، ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ މިފަދަ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުން އިއާދަނުކުރެވޭފަދަ މާލީ ބޮޑެތި ގެއްލުންތަކާ އެތައް ބަޔަކަށް ވަނީ ކުރިމަތިލާންޖެހިފައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން އެ މައްސަލަ ގެންދަނީ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުން ކަމަށެވެ.
އަދި މި ސްކީމް ހިންގައި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން ގެންދާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ޖެމްކިއުއަކީ މި ފަހަކަށްއައިސް ދިވެހީންގެ ބައެއް ފަރާތްތަކުގެ މެދުގައި ބޮޑު ސަމާލުކަމެއްލިބި ގިނަ ބަޔަކު އެއަށް އިންވެސްޓުވެސް ކޮށްފައިވާ ސްކީމެކެވެ. މި ސްކީމަކީ ދީނީގޮތުން ވެސް މުސްލިމުންނަށް ހުއްދަ މުއާމަލާތަކަށް ނުވާނެކަމަށް ދާދިފަހުން ރާއްޖޭގެ އެކި ދީނީ އިލްމުވެރިންވަނީ ފަތުވާ ނެރުއްވާފައެވެ.

ޖީ.އެމް.ސީ.އީ ނުވަތަ ޖެމްކިއު އިންވެސްޓްމަންޓް ސްކީމާ ގުޅޭގޮތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ނެރޭ ނޫސް ބަޔާންhttps://t.co/EvAuyZnoAh pic.twitter.com/nsL3yoK58R
— Maldives Police (@PoliceMv) June 15, 2025
އެހެންކަމުން މި ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަން އެނގޭ ކަމަށާއި ދިވެހި ފުލުހުންގެ ހިދުމަތުން، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި، ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުކުރެވިފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން މިފުރުސަތުގައި ހަނދާންކޮށްދެން." ދެ އިދާރާއިން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނީ، ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރާކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަރިތަނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތައް އިންޓަރނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައި، ރަނގަޅަށް ދިރާސާނުކޮށް، ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ މިފަދަ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުން އިއާދަނުކުރެވޭފަދަ މާލީ ބޮޑެތި ގެއްލުންތަކާ އެތައް ބަޔަކަށް ވަނީ ކުރިމަތިލާންޖެހިފައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން އެ މައްސަލަ ގެންދަނީ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުން ކަމަށެވެ.
އަދި މި ސްކީމް ހިންގައި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން ގެންދާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ޖެމްކިއުއަކީ މި ފަހަކަށްއައިސް ދިވެހީންގެ ބައެއް ފަރާތްތަކުގެ މެދުގައި ބޮޑު ސަމާލުކަމެއްލިބި ގިނަ ބަޔަކު އެއަށް އިންވެސްޓުވެސް ކޮށްފައިވާ ސްކީމެކެވެ. މި ސްކީމަކީ ދީނީގޮތުން ވެސް މުސްލިމުންނަށް ހުއްދަ މުއާމަލާތަކަށް ނުވާނެކަމަށް ދާދިފަހުން ރާއްޖޭގެ އެކި ދީނީ އިލްމުވެރިންވަނީ ފަތުވާ ނެރުއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު