ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު--
ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު--
ލޯކަލް ކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުން މަދުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ކޮންމެ ރަށެއްގެ ކައުންސިލްގައި ފަސް ކައުންސިލަރުން ތިބޭ އިރު އެއަދަށް ކޮންމެ ރަށެއްގައި ކައުންސިލަރުން ތިބެން ޖެހޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އަދި އާބާދީ ބޮޑު ރަށްތަކާއި މީހުން މަދު އަދި ކުރާނެ މާބޮޑު މަސައްކަތެއް ވެސް ނެތް ރަށްރަށުގައި ވެސް ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް އެއްވަރު ކަމަށް ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

ގަރާރުގައި ބުނީ ފުލް ޓައިމްކޮށް ދެ ކައުންސިލަރުން ތިބޭ ގޮތަށް ހަދައި ބާކީ ތިބޭ ކައުންސިލަރުންނަކީ ސިޓިން އެލަވަންސް ދޭ ބަޔަކަށް ހެދިއްޖެނަމަ އެތައް ގުނައަކުން ހަރަދު ކުޑަވާނެ ކަމަށެެވެ.

އަދި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގާތާ 15 އަހަރުވި އިރު ވެސް މައްސަލަތަކަށް ހައްލު ހޯދުމަށް ގާނޫނީ ގޮތުން އިސްލާހު ގެނައުން ފިޔަވައި އެހެންކަމެއް ނުފެންނަ ކަމަށް ގަރާރުގައި ވެއެވެ. ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުންނަށް ޖާގަ ދިނުމަށް އޮންނަ ތަޅުމެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމް އޮތުމަކީ ހިތާމަވެރި ކަމެއް ކަމަށް ގަރާރުގައި ބުނެފައި ވެއެވެ.

އެހެންވެ ކައުންސިލަރުން މަދުކުރުމާ ގުޅޭ ގޮތުން މަޖިލީހަށް ފެންނަ ގޮތެއް ހާމަކޮށް ދިނުމަށް ގަރާރުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން