މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މި މަގާމަށް ޒަމްއަތު އައްޔަނުކުރަން މަޖިލީހުން ރުހުންދީފައިވަނީ 56 މެންބަރުން ވޯޓާއެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ބްރޯޑްކޮމްގެ މެންބަރުކަން ހުސްވެފައިވަނީ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވިއިރު، އެ ހަ ބޭފުޅުންނާ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ތިން ބޭފުޅަކަށެވެ.
އެއީ، ޒަމްއަތު އަހުމަދު ވަހީދަށް 89 ޕަސެންޓް، ޒީނާ ޒާހިރަށް 85 ޕަސެންޓް އަދި ޝިމްލާ އަހުމަދަށް 77 ޕަސެންޓެވެ.
ޒަމްއަތު މިހާރު ހުންނެވީ، އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމުގައެވެ.
ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ޙާސިލު ކުރަށްވާފައިވާ ޒަމްއަތު ވަނީ މީގެކުރިން ދަޢުލަތުގެ މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެން ނޫސްވެރިކަމުގެ މަސައްކަތް ކުރަށްވައިފައެވެ. އޭގެ އިތުރުން ބައެއް އަމިއްލަ މީޑިއާތަކުގައި ވެސް މަސައްކަތް ކުރެއްވެވިއެވެ.
ބްރޯޑްކޮމްގައި މިވަގުތު ތިއްބެވީ ހަ މެންބަރުންނަކީ، އާމިނަތު އަމީނާ އާއި، ޝިފްލާ އިބްރާހީމާއި، ޞަފާ ޝަފީގާއި، މުހައްމަދު އަބްދުﷲ އާއި އާމިނަތު ނުޒުހާ އާއި އާމިނަތު ސަރާހަތު އިއްޒަތާއި، މޫސާ ރިޟްވާނެވެ.

ކިޔުންތެރިންގެ ހިޔާލު