ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރާއްޖެއަށް ވަޑައިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު ފައްޔާޒާއި ބައްދަލު ކުރަށްވާފައިވާއިރު، އެމަނިކުފާނުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވާނެ ކަމުގެ އިޝާރާތެއް ކުރަށްވާފައެވެ. އަދި ފައްޔާޒް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަށްވާނެކަން އިޢުލާނު ކުރަށްވާފައެވެ.
މިއަދުގެ ބައްދަލުވުމުގެ ފޮޓޯއެއް ޢާއްމު ކުރަށްވަމުން ފައްޔާޒް ވިދާޅުވީ، ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުންނާ ބައްދަލު ކޮށްލެއްވީ މެންދުރުގެ ކެއުމަކަށް އިންސާފު ކުރެއްވުމަށް ކަމަށެވެ. އަދި ޤައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ. ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަަދަލުކޮށް ލެވިއްޖެ.” ފައްޔާޒް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ އާއި ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ނަޝީދާއި ފައްޔާޒް ބައްދަލު ކުރަށްވާފައިވާއިރު އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. އަދި ރައީސް ނަޝީދު ވަރަށް އަވަހަށް އެމްޑީޕީއަށް އެނބުރި ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.

ރ. ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލުބަަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް… pic.twitter.com/eb682G0mXg
— Fayyaz Ismail (@faya_i) June 16, 2025
މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ އާއި ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ނަޝީދާއި ފައްޔާޒް ބައްދަލު ކުރަށްވާފައިވާއިރު އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. އަދި ރައީސް ނަޝީދު ވަރަށް އަވަހަށް އެމްޑީޕީއަށް އެނބުރި ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.
ކިޔުންތެރިންގެ ހިޔާލު