ޅ. ހިންނަވަރު ސޯލާ ޕްރޮޖެކްޓް މަސައްކަތްކުރަމުންދާ ކުންފުނީގެ ސައިޓުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހެޅީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެއާއެކު ކުރި މަސައްކަތުން ވަގަށް ނަގައިފައިވާ ތަކެތި ހޯދީ ރަށުގެ އެކި ތަންތަނުގައި ފޮރުވާފައި ވަނިކޮށް ކަމަށް ފުލުހުން ބުނެފަައި ވެއެވެ.
އެގޮތުން އޭގެ ތެރެއިން ބައެއްތަކެތި ފެނުނީ ހިންނަވަރު ދޯނި އެހެލާ ސަރަހައްދުގައި އެހެލާފައިވާ ދޯންޏެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށް ކަމަށާއި ދެންހުރި ތަކެތި ފެނިފައިވަނީ އެރަށުގެ ފަޅު ގޯއްޗަކުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެސައިޓުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން އިލެކްޓްރިކް އިމްޕެކްޓް ޑްރިލް ފިޔަވައި ދެން ހުރި ހުރިހާތަކެތި ހޯދައި ވެރިފަރާތާ މިހާރު ވަނީ ހަވާލުކޮށްފައެވެ.
އޭގެ ތެރޭގައި 1000 މީޓަރު ކޭބަލް، ކަޓްއޯފްއަކާއި ވެލްޑިން ޕްލާންޓަކާއި ޕެޓްރޯލް ހަންތަކަކާއި އޭންގަލް ގްރޭންޑަރެއްގެ އިތުރުން ބެޓްރީ ރެންޗުތަކެއް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފަައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު