ހެލްތު މިނިސްޓްރީއަށް ޕާމަނަންޓް ސެކެޓްރީއެއް ހޯދަން އިއުލާންކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހެލްތު މިނިސްޓްރީއަށް ޕީއެސްއެއް ހޯދަނީ އެ މަގާމުގައި މިހާރު ހުންނެވި އައިޝަތު ސާމިޔާގެ ދައުރު އަންނަ އޮގަސްޓު މަހު ހަމަވާތީ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހާ ހަަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށް ސަރުކާރު ނުވަތަ ޕްރައިވެޓް ނުވަތަ ޖަމާއަތެއް ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.
އެ މަގާމުގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 35,500 ރުފިޔާ ލިބޭނެ އެވެ.
އެ މަގާމަށް މީހަކު ހޮވާނީ އިންޓަވިއުއަކާއި އިމްތިހާނަކާއި ކުރިމަތިލާ ފަރާތުން ހުށަހަޅައިދޭ އިންޓަވިއުއަކަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު