މިސްކިތެއްގައި ޚުތުބާ ކިޔަނީ
މިސްކިތެއްގައި ޚުތުބާ ކިޔަނީ
ކައުންސިލަރުންގެ ޚުތުބާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ކައުންސިލަރުންނަށް އަމާޒުކޮށްގެން ހިންގާ ހުތުބާ ކިޔުމުގެ ހުއްދަދޭ ކޯހުގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ފުރުސަތު ދޭނެކަމަށެވެ. މި ކޯހުގެ ޝަރުޠަކީ ކައުންސިލަރަކަށްވުމާއި، ފިރިހެނަކަށްވުމެވެ.

މި ކޯސް ކުރިޔަށް ދާނީ 15 ހަފްތާގެ މުއްދަތަށް ކަމަށާއި ކޯހުގައި ކިޔަވާދޭނީ އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ކިޔެވުން ކުރިޔަށްދާނީ ބަންދު ނޫން ކޮންމެ ދުވަހަކު ކަމަށްވެސް މިނިސްޓްރީން މަޢޫލޫމާތުދެއެވެ.

އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ، މިކޯހުގައި ބައިވެރިވުމަށް އެދޭ ކައުންސިލަރުން މިމަހުގެެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމު ހުށައެޅުމަށް ހުޅުވާލާ ކަމަށެވެ. އަދި އިންޓަވިއުތައް އޮންނަނީ މިމަހުގެ 29 އަދި 30 މި ދެދުވަހުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ކައުންސިލަރުންނަށް ޚުތުބާ ކިޔުމުގެ ހުއްދަ ދިނުމަށްޓަކައި ޚާއްސަ ކޯހެއް ފެށުމަށް އިސްލާމިކް މިނިސްޓްރީން މަސައްކަތް ފަށާފައިވާއިރު، ދީނީގޮތުން ހަރުދަނާ ލީޑަރުން އުފެއްދުމަށާއި ޒުވާން ޚަތީބުން ތަމްރީން ކުރުމަށް މިސަރުކާރުން މިހާރުވެސް ދަނީ ކާމިޔާބު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން