އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަނީ
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަނީ
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރެއަށް ތާވަލު ކޮށްފައިވާއިރު، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބަހެއް ހޯއްދެވުމެއްނެތި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް، އެޕާޓީން މިހާރު ވަކިވެ ވަޑައިގެންފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ބައްދަލު ކުރެއްވުމުން ޕާޓީގެ އެތެރޭގައި ހިތްހަމަ ނުޖެހުންތަކެއް ވަނީ އުފެދިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ބައްދަލުވުމުގައި، އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕިއާ ގުޅެން އެޕާޓީން އިއްޔެ ނިންމި ނިންމުމާމެދު މިރޭގެ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެއެވެ.

އޭގެއިތުރުން މިވަގުތަކީ އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓްގެ ވާދަވެރިކަން ބޮޑުވެ ފެކްޝަންތަކެއް އުފެދިފައިވާ ވަގުތެއް ކަމަށް އެޕާޓީގެ އެތެރޭގެ މަސްދަރުތަކުން މަޢުލޫމާތުދެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައެވެ.

އެމްޑީޕީއާ ގުޅުމަށް ޑިމޮކްރެޓުން އިއްޔެ ފާސްކުރި ޤަރާރުގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި، ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި، ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި، ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވާތީ، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން