ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ދިނުމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން ގަރާރެއް ހުށަހަޅައިފިއެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް މަޖިލީހަށް ހުށައެޅުއްވި ޤަރާރުގައި ބުނެފައިވަނީ، މިހާރު ތަޢާރަފް ކޮށްފައިވާ އާ ޕޭފްރޭމްވޯކްގެ ދަށުން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާއި އިތުރު ގަޑީގެ މަސައްކަތް ކުރުވޭނެ އެންމެ މަތީ މިންގަނޑު ހިމެނޭ ސީލިންގްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
ނަމަވެސް އެ ދެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ތަބީއަތުގެ ސަބަބުން މި ދެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހޭ ބައެއްކަން ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން މުވައްޒަފުން މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ އެއް ސަބަބަކީ ސިއްހީ ދާއިރާގައި ޕޭޝަންޓް-މެޑިކަލް ކެއާޓޭކާ ރޭޝިއޯ އާއި ތައުލީމީ ދާއިރާގައި އެޑިއުކޭޓާ-ސްޓޫޑަންޑް ރޭޝިއޯ ހަމަނުވުން ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރަމުންދާ މުވައްޒަފުން އިތުރު ގަޑީީގައިި މަސައްކަތްކުރަން ލާޒިމުވާ ހާލަތްތަކުގައި އެ ފަރާތްތަކުން އިތުރު ގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބިގެންދާނެ ގޮތަކަށް ދައުލަތުގެ އުސޫލުތައް މުރާޖައާ ކުރުމަށް ޤަރާރުގައި ގޮވާލާފައިވެއެވެ.
ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު، ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގައި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން 10 ޕަސެންޓް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު