ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިއަދު ވިދާޅުވީ، ވިލިމާލޭގައި ބިނާކޮށްފައިވާ ޒަމާންވީ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ހެޔޮ އެދޭ ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރަށްވާފައިވާ ކަމަށެވެ.
އެހެންކަމުން އެ މިސްކިތުގެ މަސައްކަތް 2 އަހަރު ތެރޭގައި ނިންމާގޮތައް އެފަރާތާ ޙަވާލުކުރަން ނިންމަވާފައިވާކަމަށް ޑރ. ޝަހީމް މިއަދު ވިދާޅުވިއެވެ.
“މިސްކިތް ބިނާކުރެވިގެންދާނީ ޤުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭހެން.” ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ވިލިމާލޭގައި މިހާރު ތިން މިސްކިތެއް ވަނީ ބިނާކޮށްފައެވެ. އެއީ މަސްޖިދުއްސަލާމް އާއި، މަސްޖިދުލް އިޚްލާސް އާއި މަސްޖިދުލް ބިއްރު އެވެ.

ކިޔުންތެރިންގެ ހިޔާލު