ޕާޓީއަށް ގެއްލުންވާ ކަންކަން ނުކުރާނެ ކޮންމެ މީހަކަށް އެ ޕާޓީއަށް މަރުހަބާ ކިޔާނެކަމަށް އެމްޑީޕީން ބުނެފިިއެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެން އެ ޕާޓީން ވަކިވި މެންބަރުން އުފެއްދި ދަ ޑިމޮކްރެޓްސް އުވާލާ، އެޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމުމާއި ގުޅިގެނެވެ.
އިއްޔެ ޑިމޮކްރެޓްސް އިން ބޭއްވި ނެޝަނަލް އެސެމްބްލީގައި އެ ޕާޓީންވަނީ ޕާޓީގެ މެންބަރުން އެނބުރި އެމްޑީޕީއަށް ދާން ގަރާރެއް ފާސްކޮށްފައެވެ. އެއާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެމްޑީޕީއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަދި ޕާޓީގެ އުސޫލުތަކާއި އަސާސުތަކާ ހިލާފުނުވެ، ޕާޓީއަށް ގެއްލުންވާ ކަމެއް ނުކުރާ ކޮންމެ މީހަކަށް އެ ޕާޓީއަށް މަރުހަބާ ކިޔާނެކަމަށް މައުރޫފް ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވި ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއަށް އަލުން ވަނުމަށް ނިންމަވާފައެވެ.
މައުރޫފު ވިދާޅުވީ ޑިމޮކްރެޓްސްގެ ބޭފުޅުން އެމްޑީޕީއާ ގުޅެން ނިންމުމާއި ގުޅިގެން އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެކަމަށެވެ.
އެމްޑީޕީން މިހާރުވަނީ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއަށް ބަދަލުވާން ނިންމި ނިންމުމާ ގުޅިގެން މިރޭ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު