މީގެ ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --
މީގެ ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --
ދަ ޑިމޮކްރެޓްސް އުވާލާ އެ ޕާޓީގެ މެންބަރުންނާއެކު އަލުން އެމްޑީޕީއާ ގުޅެން ނިންމަވާފައިވާ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުންނަށް ހޫނު މަރުހަބާއެއް ކިޔަން ފެންނަ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ބުނެފިއެވެ.

ރައީސް ނަޝީދާ އެކު ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމުމާ ގުޅިގެން އެމްޑީޕިން މިއަދުވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

މި ބައްދަލުވުމުގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން ދެން ވާހަކަ ދެއްކި މެންބަރުން ވެސް ވަނީ ޑިމޮކްރެޓްސްގެ މެންބަރުންނަށް އެމްޑީޕީން މަރުހަބާ ކިޔަން ފެންނަކަމަށް ބުނެފައެވެ. އަދި ޖަލްސާގައި ވާހަކަ ދެއްކި އެއްވެސް މެންބަރަކު، ޑިމޮކްރެޓްސްގެ މެންބަރުންނަށް އެމްޑީޕީން ޖާގަ ނުދިނުމަށް ނުވަތަ އެ ޕާޓީއަށް މަރުހަބާ ނުކިޔުމަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ.

ނަމަވެސް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަޙްމަދު ދީދީފަދަ ބޭފުޅުންވަނީ، އެ ބޭފުޅުންނަށް މަރުހަބާ ކީނަމަވެސް، މާޒީގައި ޕާޓީގައި ކަން ހިނގިގޮތަކީ ތަކުރާރު ވެގެންވާނެ ގޮތެއް ނޫންކަމަށް ވިދާޅުވެފައެވެ. ހަމައެގޮތަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް ވަނީ ޑިމޮކްރެޓްސްގެ ބޭފުޅުންނަށް މަރުހަބާ ކިޔަން ފެންނަކަމަށް ވިދާޅުވެފައެވެ. އަދި މާޒީގެ އަޅުންނަށް ވެގެން ތިބެގެން ނުވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން އުޅޭތީ މިއަދު އެމްޑީޕީ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ގުރޫޕުން ވެސް ވަނީ އެމްޑީޕީއަށް ގެއްލުމެއް ނުދޭނެ ކޮންމެ މީހަކަށް އެ ޕާޓީން ފުރުސަތު އޮންނާނެކަމަށް ބުނެފައެވެ.

ޑިމޮކްރެޓްސްގެ އެ ނިންމުމާ އެކު ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވެސް ވަނީ އެމްޑީޕީއަށް ވެންނެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

އެމްޑީޕީއަށް ނަޝީދު ވަޑައިގަންނަވާއިރު، އެ ޕާޓީ ތެރޭގައި ރިޔާސީ އިންތިހާބުގެ ޕްރައިމަރީގެ ޓިކެޓުގެ ވާދަވެރިކަން އުފެދި ވަނީ ކޮންމެވެސްވަރެއްގެ ހިޔާލުތަފާތުވުންތަކެއް ވެސް އުފެދިފައެވެ. ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ފަދަ ބޭފުޅުން ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާނު ކުރައްވާފައިވާއިރު، ރައީސް ޞާލިޙް ގެންދަވަނީ ޕާޓީގެ އިސް ބައެއް މެންބަރުންނާ އެކު ވަކިން ބައްދަލުކުރައްވައި ޕާޓީ ހިންގުމުގެ ކަންކަން ސީދާ ޞާލިޙްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން