ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާން، ފޯނު ގުޅުއްވައި އީރާނާއި އިސްރާއީލުގެ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
އެމިރޭޓްސް ނިއުސް އެޖެންސީ (ޑަބްލިއުއޭއެމް) އިން ބުނާ ގޮތުގައި މި ދެ ލީޑަރުން ވަނީ ސަރަހައްދީ އަދި ދުނިޔޭގެ ސަލާމަތަށް ވެސް މި ހަމަނުޖެހުމުގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.
އިސްރާއީލާއި އީރާން ދެމެދު އޮތް ހަމަނުޖެހުން ބޮޑުވީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އިސްރާއީލުން އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ ތަންތަނަށް އަމާޒުކޮށްގެން ހަމަލާ ދޭން ފެށުމުންނެވެ. އިސްރާއީލުން ދިން ހަމަލާގެ ރައްދުގައި އީރާނުން ވެސް ވަނީ ވައިގެ ހަމަލާ ދީފައެވެ.
ރަޝިޔާ އަދި ޔޫއޭއީ ދެގައުމުގެ ރައީސުންގެ ފޯނު މަޝްވަރާގައި ސުލްހަ ހިފެހެއްޓުމުގެ މުހިންމުކަމާއި، ހާލަތު އިތުރަށް ގޯސްވިޔަނުދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. މި ދެ ގައުމުގެ ލީޑަރުން ވެސް ވަނީ ސުލްހަވެރި ހައްލަކަށް ވާސިލްވުމަށް އަމާޒުކޮށް، ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު