އީރާނަށް ހަމަލާދިނުމަށް އެމެރިކާއިން ތައްޔާރުވަމުންދާކަމަށް ރިޕޯޓުތައް ބުނަންފަށައިފިއެވެ.
ބްލޫމްބަރގް ނިއުސް އިން އިޕޯޓުކޮށްފައިވާގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމުގެ ފުރުސަތު އޮތް ކަމަށް އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާދީ މިކަމާ އަހުލުވެރި މަސްދަރުތަކުން ލަފާކުރެއެވެ.
ރިޕޯޓުތައް ބުނާގޮތުން އިސްރާއީލު ދިފާއުކުރަން އީރާނަށް ހަމަލާ ދިނުމާމެދު މަޝްވަރާތައް ދަނީ ކުރިއަށެވެ. އަދި މިކަމަށް ވަކި ގޮތެއް ރަސްމީ ގޮތެއްގައި ނުނިންމޭކަމަށް ވެއެވެ. ނަމަވެސް ކުރިއަށް އޮތް ހަފްތާ ބަންދުގައި މަޝްރަހު ހޫނުވެ، އެމެރިކާއިން ހަމަލާއެއް ދިނުން އެކަށީގެންވާކަމަށް ލަފާކުރެއެވެ.
މިކަމާ ގުޅިގެން، ބުދަ ދުވަހު ވައިޓް ހައުސްގެ ބޭރުގައި، އީރާނާ ދެކޮޅަށް އިސްރާއީލުގެ އަސްކަރީން ކުރިއަށް ގެންދާ ކެމްޕޭނުގައި ބައިވެރިވާން އެމެރިކާއިން ނިންމާފައިވޭތޯ އަހައި ނޫސްވެރިން ސުވާލުކުރުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީދާ ވަކި ޖަވާބެއް ނުދެއްވައެވެ.
"އަހަރެން އެކަމުގައި (އިސްރާއީލުގެ އަސްކަރީން ކުރިއަށް ގެންދާ ކެމްޕޭނުގައި) ބައިވެރިވެދާނެ. އަދި ނުވެ ވެސް ދާނެ. މާނައަކީ އަހަރެން ކުރާނެ ކަމެއް އެހެން އެއްވެސް މީހަކަށް ނޭނގެނެއޭ،" ޓްރަމްޕް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފައިނަލް ނިންމުމެއް ނިންމާމީ ކަންކަން ކުރަން ސިކުންތުކޮޅަކަށް ވުމުންކަމަށެވެ.
ޓްރަމްގެ މިފަދައިން ވިދާޅުވެފައިމިވަނީ އިސްރާއީލް އަދި އީރާނުގެ ހަމަލާ ބަދަލު ކުރުންތައް މެދު ކެނޑުމެއްނެތި ކުރިއަށްދިޔަ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު