ޕިރަމިޑް ސްކީމެއް ކަމަށްވާ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) އަށް ދިވެހީން އިންވެސްޓުކުރި ފައިސާ އަނބުރާ ހޯދައިދެވޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ މި ސްކީމަށް ދިވެހީން އިންވެސްޓްކުރި ސީދާ އަދަދު އަދި އެނގިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ހޯދި ހޯދުންތަކުން މި ސްކީމަށް ދިވެހީން މިލިއަނުން ޑޮލަރު އިންވެސްޓްކޮށްފައިވާކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަވީން ވިދާޅުވި ގޮތުގައި ދިވެހީން ފައިސާ ޖަމާކުރި ވޮލެޓުތަކުގެ ތެރެއިން ދެ ވޮލެޓެއް ދިޔައީ ޔޫރަޕަށެވެ. އެއީ، ކޮން ބައެއްކަން މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށާއި ހޯދޭނެކަމުގެ އުންމީދު ވެސް ކުޑަ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން ބުނީ އިންޓަޕޯލް އިން ހޯދި މައުލޫމާތުން ޖެމްކިއު އަކީ ރާއްޖެ ފިޔަވައި އެހެން ގައުމެއްގައި ހިންގާ ސްކީމެއް ނޫންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މި ސްކީމުގެ ސަބަބުން އެ ގައުމުތަކުގެ އެއްވެސް ބަޔަކަށް ގެއްލުން ނުވާތީ، މިކަމުގައި އެ ގައުމުތަކުގެ ފުލުހުންގެ އެއްބާރުލުން ލިބުން ދަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ފައިސާ ހޯދުމަށް ހުއްޓާނުލާ މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ނަވީން ވަނީ ދެއްވާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޖެމްކިއުގައި ބައިލައްކައަށްވުރެ ގިނަ ދިވެހިން ވަނީ 100 މިލިއަނަށް ވުރެ ގިނަ ފައިސާ އިންވެސްޓް ކޮށްފައެވެ. ޖެމްކިއު އަށް އިންވެސްޓު ކުރި ފައިސާ ނުނެގޭތީ ގިނަ ބަޔަކު މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް މީހުން މި ސްކީމަށް އިންވެސްޓުކޮށްފައިވަނީ ލޯނުތައް ނަގައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު