އިދިކޮޅު އެމްޑީޕީގެ ހަފްލާތައް ބާއްވަން މި ސަރުކާރުގެ ނުފޫޒާހުރެ ތަންތަން ނުލިބޭ ކަމަށް ބުނެ އެމްޑީޕިގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަތައް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހުމަދު ނަރީޝް ކުށްވެރިކުރައްވައިފި އެވެ.
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅެން ހަފްލާ ބާއްވާނެ ތަނެއް ސަރުކާރުން ނުދެއްކި ކަމަށް ފައްޔާޒް ރޭ ވަނީ ވިދާޅުވެފަ އެވެ.
އެހެންވެ ތަނެއް ނުލިބިއްޖެނަމަ ހަފްލާ ބާއްވާނީ މުލިއާގެ ކަންމަތީގައި ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން ނަރީޝް އެކްސްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެއްވެސް ސިޔާސީ ޕާޓީއެއްގެ އަދި އިދިކޮޅު ޕާޓީއެއްގެ އެއްވެސް އިވެންޓެއް ބާއްވަން ދެކޮޅު ނުހަދާނެ ކަމަށެވެ.
އެގޮތުން އާޓިފިޝަލް ބީޗާއި ކާނިވާ ސަރަޙައްދަކީ ސިޔާސީ އެއްވުންތަކަށް އަބަދުވެސް މަރުޙަބާ ކިޔާ ދެ ތަންކަން ފާހަގަކޮށް ނަރީޝް ވިދާޅުވީ މިހާތަނަށްވެސް އިވެންޓްތައް ބާއްވަމުން އަންނަނީ އެ ދެ ތަނުގައި ކަމަށެވެ.
"މިއަދު އެއްވެސް ތަނެއް ނުލިބުނޭ ކިޔާފައި މި ދައްކާ ވާހަކަ އަޅުގަނޑުމެން ކުށްވެރި ކުރަމެވެ. ޕީ.އެން.ސީ ކައުންސިލަކުން އަދި މި ސަރުކާރުން އެއްވެސް ސިޔާސީ އިވެންޓެއް ނުހުއްޓުވާނެއެވެ." ނަރީޝް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ވެރިންގެ ކަޅު ދުވަސްތައް ފޮހެލައްވައިފި ކަމަށާއި އަދި މި ސަރުކާރުން ސިޔާސީ ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު