ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހަރުދަނާ ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ތަމުރީނެއް އް ހިންގައިފިއެވެ.
"އެންހޭންސިން ދަ ރޯލް އޮފް ޕްރިޒަން އޮފިސަރސް އިން އޮފެންޑަރ ރިހެބިލިޓޭޝަން" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޤައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ކަރެކްޝަނުން ބުނީ ކަރެކްޝަންސްގެ ތިން ޖަލާއި ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް ހިންގި މި ޓްރޭނިންގ ޕްރޮގްރާމްގައި ޖުމްލަ 16 ބައިވެރިން ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ޤައިދީން އިސްލާހުކުރުމަށް ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާކުރުން ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
އަދި ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ރިހެބިލިޓޭޝަންގެ ޒަމާނީ އުކުޅުތައް ދަސްކޮށްދީ، އެ އޮފިސަރުންގެ ޤާބިލުކަން ކުރިއެރުވުން އެ ޓްރެއިނިންގެ މަޤްސަދުގެ ތެރޭގައި ހިމެނޭ ކަމަށްވެސް އެ ހިދުމަތުން ބުނެފައި ވެއެވެ.
މި ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައި ވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ.

ކިޔުންތެރިންގެ ހިޔާލު