ފާއިތުވި 18 މަސްދުވަސްތެރޭ 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ މަސްތުވާތެކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ މަސްތުވާތަކެތި އެތެރެވާ މިންވަރު މަދުކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކުރުމަށް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތި އެތެރެކޮށް ދައުރުކުރުން މަދުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން 726 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން 14200 ރާފުޅިވެސް ހިފަހައްޓާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ހުރިހާ އެއްޗެއްްގެ މަގުމަތީގެ އަގު 1.4 ބިލިޔަން ރުފިޔާއަށް އަރާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވަނިކޮށް، ސަރުކާރުގެ މަސައްކަތުން އެ އިންޑަސްޓްރީއަށް ބޮޑު ލޮޅުމެއް ގެނެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތްތާވެސް މަސައްކަތް ކުރާނީ އެތެރެވާ އަދި ދައުރުވާ މަސްތުވާތަކެތި ހިފަހައްޓާ އޭގެ ވިޔަފާރި ހުއްޓުވުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު