ސޮއިކުރުމުގެ ރަސްމިއްޔާތު
ސޮއިކުރުމުގެ ރަސްމިއްޔާތު
ރާއްޖޭގެ ތާރީޚީ ބައެއް ބިނާތައް ސާފުކޮށް ބެލެހެއްޓުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އަމަލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ހެރިޓޭޖް މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ، މި ފަހުމުނާމާގައި ސޮއި ކުރުން އޮތީ އިއްޔެ އެކަމަށްޓަކައި ވެމްކޯގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޔާނިޢު ހާޝިމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.

“މި އެއްބަސްވުމުގެ ސަބަބުން ޚިދުމަތްދޭން ވެމްކޯއަށް ފަސޭހައިން ވާސިލުވެވޭ ގޮތަށް ހުރި ތަރިކައިގެ ބައެއް ބިނާތައް ކޮންމެ ތިންމަހަކުން އެއްމަހު ވެމްކޯގެ ފަރާތުން ބައްލަވައި ވެކިއުމްކުރައްވައި ތަނުގެ ސާފުކަމާއި ޒީނަތްތެރިކަމަށް ބޭނުންވާ ޚިދުމަތްތައް ދެއްވަމުންގެންދަވާނެ އެވެ.” ހެރިޓޭޖް މިނިސްޓްރީން ބުނެފައިވެއެވެ.

އޭގެ އިތުރުން މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރި ކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ މަސައްކަތެއް ކަމަށާއި، ޤައުމީ މި މަސައްކަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން