ރައީސް އަބްދުﷲ ޔާމީން ދައުރުގައި ޤާނޫނާ ޚިލާފަށް 100 އަށްވުރެ ގިނަ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން 2016 ވަނަ އަހަރު އެކުލަވާލައި، އަމަލުކުރަން ފެށި ކައުންސިލަރުން ސަސްޕެންޑްކޮށް، އިންޒާރުދޭ އުސޫލަކީ ގާނޫނާ ޚިލާފް އުސޫލެއް ކަމަށް ކަނޑައަޅައި، އެ އުސޫލު ހައި ކޯޓުން މިއަދު ވަނީ ބާތިލްކޮށްފައެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރުކަންވެސް ކުރަށްވާ ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވީ، އިންތިޚާބީ މަޤާމުތަކުގައި ތިބޭ ފަރާތްތަކާ މެދު ފިޔަވަޅުއެޅޭނީ ޤާނޫނެއްގައި ލިޔެ އެޤާނޫނެއްގައި ފިޔަވަޅު އެޅުމަށް އޮތް މިންވަރަށް ކަމަށެވެ.
އަދި "ރައީސް ޔާމީން ދައުރުގައި ޤާނޫނާ ޚިލާފަށް 100 އަށްވުރެ ގިނަ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާ ކަމަށް" ޢަލީ ނިޔާޒް ވިދާޅުވިއެވެ.
ކައުންސިލްތަކުން ކުރާ ގާނޫނާ ޚިލާފް ކަންކަމާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ދަށުން ގިނަ ކައުންސިލަރުންތަކެއް 2018 ވަނަ އަހަރު އެލްޖީއޭއިން ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެ އުސޫލު ބާތިލް ކުރަން ހައި ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގެ ޙުކުމުގައިވަނީ އެ އުސޫލު އެލްޖީއޭއިން އެކުލަވާލާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ކަމަށް އެ އުސޫލުގައި ބަޔާން ކުރާއިރު، ގާނޫނުގެ އެ މާއްދާއަކީ ދެ ކައުންސިލެއްގެ ދެމެދުގައި އުފެދޭ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން އެލްޖީއޭއިން ގޮތެއް ނިންމަންޖެހޭ ކަމަށް ބުނާ މާއްދާއެއް ކަމަށެވެ. އެ މާއްދާއަކީ ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުމާ ބެހޭ މާއްދާއެއް ކަމަށް ނުވާތީ އެއީ ގާނޫނީ އިމުން ބޭރުން އެލްޖީއޭއިން އެކުލަވާލި އުސޫލެއް ކަމަށް އެ ހުކުމުގައިވެ އެވެ.
އަދި އެ އުސޫލަކީ ގާނޫނީ ބާރު ލިބިގެން ހަދާފައިވާ އުސޫލަކަށް ނުވާތީ އާއި އަދި އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާ ގަވާއިދުތަކުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަނުވާ އުސޫލަކަށް ވާތީ އެ އުސޫލު ބާތިލްކުރީ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު