މާލޭގެ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، މާލޭ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއަށް 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ މައްސަލައެއް މިއަދު ފަތިހު 4:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ދެ ފައިގެ ކުޑަހުޅު ނެއްޓި، "އޯޕަން ފްރެކްޗަރ" ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އޭނާއަށް މިވަގުތު އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، މި ހާދިސާ ހިނގި ގޮތް ބެލުމަށް ފުލުހުންގެ ތަހުގީގީ ޓީމުތަކުން މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު