މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ވިލިމާލޭގައި އެޅުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށްޓަކައި މިހާރު ވިލިމާލެ ހޮސްޕިޓަލް ހުރި ބިން ހުސްކުރުމަށް، އެތަން ވިލިމާލޭގައި ހުންނަ "އަމާން ހިޔާ" އަށް ބަދަލުކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމާ ހެލްތު މިނިސްޓްރީން މިއަދުވަނީ ތަން ބަދަލުކުރުމުގެ މަސައްކަތް މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލް އާ ހަވާލުކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރުން މިއަދު ކުރިއަށް ގެންދިޔަނަމަވެސް، އެ މަސައްކަތް ފަށާނެ ތާރީހެއް އަދި މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް 112 އެނދުގެ އާ ހޮސްޕިޓަލަކީ 2027 ވަނަ އަހަރަށް ނިންމަން އަމާޒު ހިފާފައިވާ މަޝްރޫއެކެވެ.

ވިލިމާލޭގައި އިމާރާތް ކުރާ އާ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްގީކުރާ ހޮސްޕިޓަލެެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން