'މަސްޖިދުއްސަލާމް' މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފި އެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ ވަރުގެ މިސްކިތެކެވެ.
މި މިސްކިތުގެ ބިންގާ އަޅައިދެއްވުމަށްފަހު އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ އެ މިސްކިތް ވެގެންދާނީ ވިލިމާލޭގައި ބިނާކުރާ ޖާގަ ތަނަވަސް ރީތި މިސްކިތަކަށް ކަމަށާއި މިއީ ވިލިމާލޭ ރައްޔިތުން ވެސް ވަރަށް ބޮޑަށް އެދެމުންދާ ކަމެއް ކަމަށެވެ.
ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އިމާމު ރޫމް ހިމެނޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު