ވިލިމާލެ ހޮސްޕިޓަލުން ދެމުން އައި އެންމެހާ ހިދުމަތްތައް އެ އަވަށުގައި ހުންނަ "އަމާން ހިޔާ" (ކުޑަކުދިންގެ ހިޔާ) އިމާރާތަށް އިއްޔެއިން ފެށިގެން އެއްކޮށް ބަދަލުކޮށްފި އެވެ.
ވިލިމާލެ ހޮސްޕިޓަލުން މީސްމީޑިއާގައި ބުނެފައިވަނީ، ހިދުމަތްތައް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރީ ވިލިމާލެ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް ޖާގަ ހޯދުމުގެ ގޮތުން ކަމަށެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި 112 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާއިރު، މި އާ ހޮސްޕިޓަލް ވެސް އިމާރާތް ކުރަން ހަމަޖެހިފައިވަނީ މިހާރު ވިލިމާލެ ހޮސްޕިޓަލް ހިންގަމުން އައި ބިމުގައެވެ.
ސަރުކާރުން އަންނަނީ ތިލަމާލެ ބްރިޖު މަސައްކަތް ނިންމައި އެ ސަރަހައްދުގައި މީހުން އާބާދުވާން ފަށާއިރު އެއަވަށުގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ވިލިމާލޭގައި 112 އެނދުގެ ހޮސްޕިޓަލު އެޅުމަށް "ލެޓާ އޮފް އެކްސްޗޭންޖު"ގައި ސޮއިކުރެއްވުމަށް މިދިޔަ ޖޫން މަހުގެ ކުރީކޮޅު ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އާ ހޮސްޕިޓަލް 2027 ވަނަ އަހަރަށް ނިންމައި ހުޅުވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު