ގިނަ އަދަދެއްގެ ބޭސްތަކަކާއެކު ދެ ދިވެހީން އިންޑިއާގެ ކޮޗިން އެއާޕޯޓުން ހިފަހައްޓައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މައްސަލައިގައި އިއްޔެ ހިފަހެއްްޓީ މުބާހު ސައީދު އަދި އަބްދުﷲ ނަސީމް ނަމަކަށް ކިޔާ މީހެކެވެ.
އެ ދެ މީހުން ތިން ލައްލައެއްހާ އިންޑިއާ ރުޕީސްގެ ބޭސް ރާއްޖެ ގެންނަން އުޅުނީ ލިޔެ ކިޔުންތައް ވެސް ހުށަނާޅަ އެވެ. އަދި އެހާ ގިނަ އަދަދެއްގެ ބޭސް ރާއްޖެ ގެންނަން އުޅުނު ސަބަބު ސާފުނުވާ ކަމަށް ވެސް ބުންޏެވެ.
އެ ބޭސްތައް ހިފަހައްޓައި އޭގެ ތެރޭގައި މަނާ ބޭހާއި މަސްތުވާތަކެތި ހިމެނޭތޯ އިންޑިއާގެ ކަސްޓަމްސްއިން ބަލަމުންދާކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެެވެ.

ކިޔުންތެރިންގެ ހިޔާލު