ރައީސް "ޕެރިސް 2024 އޮލިމްޕިކްސް"ގެ ބައެއް އެތްލީޓުންނާއެކު
ރައީސް "ޕެރިސް 2024 އޮލިމްޕިކްސް"ގެ ބައެއް އެތްލީޓުންނާއެކު
ކުޅިވަރަކީ ގަދަ ހިތްވަރާއެކު ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަހުގެ ތަހުނިޔާ މީސްމީޑީއާ މެދުވެރި ކުރަށްވައި ޙިއްސާ ކުރަށްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކުޅިވަރަކީ އެއްބައިވަންތަކަމާއި، ގަދަ ހިތްވަރާއި، ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް ކަމަށެވެ.

“ކުޅިވަރަށް ލޯބިކުރަށްވާ އަދި ކުޅިވަރުގެ ދާއިރާގައި ޚިދުމަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އޮލިމްޕިކް ދުވަހުގެ ތަހުނިޔާ ދަންނަވަން.” ރައީސް ވިދާޅުވިއެވެ.



ރައީސް މިހެން ވިދާޅުވެފައިވާއިރު މިދުވަސް ފާޙަގަ ކުރަނީ، މޮޑަން އޮލިމްޕިކް ގޭމްސް ފެށުނު ދުވަހާއި ގުޅުވައިގެންނެވެ. އެގޮތުން މިދުވަސް ފާހަގަ ކުރުމަށް މުޅި ދުނިޔޭގެ އެތްލީޓުންނާއި އާންމުން ބައިވެރިވެ، އޮލިމްޕިކް ރޫހު އާލާކުރުމަށް އެކި ހަރަކާތްތައް ކުރިޔަށް ގެންދެއެވެ.

ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން