އޮޅުވާލައިގެން މީހުން ބޭނުންކުރަމުން އަންނަ ސިމަށް, އީ-ސިމް ހަދައިގެން ސްކޭމް ހިންގަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ސްކޭމް ހިންގަމުން އަންނަނީ، މީހަކަށް ގުޅައި، އެ ފޯނަށް ދާ ކޯޑެއް ހޯދައިގެން، އެ ނަންބަރަށް އީސިމް ހަދައިގެން ކަމަށެވެ.
އެގޮތުން ބޭނުންކުރާ ނަންބަރަށް އީ-ސިމް ހެދުމުން ފޯނުގައި ގެންގުޅޭ ސިމް އިތުރަށް ބޭނުން ނުކުރެވި، ހެކަރަށް ނަންބަރުގެ ކޮންޓްރޯލް އެއްކޮށް ލިބޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތަށް ނަންބަރުގެ ކޮންޓްރޯލް ލިބުމުން ނަންބަރު ބޭނުންކޮށްގެން އޯޓީޕީ ހޯދައި، ބޭންކު އެކައުންޓުތަކާއި ޖީމެއިލްގެ އިތުރުން އެ ނޫންވެސް އެކައުންޓްތަކަށް ވަނުމުގެ ފުރުސަތު ހެކަރަށް ލިބޭ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ބޭންކިން އަދި ސޯޝަލް މީޑިއާއަށް ވަކި އީމެއިލެއް ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި އީމެއިލާއި އިންޓަނެޓް ބޭންކިންފަދަ މުހިންމު ޚިދުމަތްތަކުގައި ޖަހާ ޕާސްވޯޑު ވަރުގަދަ ކުރުމަށާއި މަލްޓި ފެކްޓާ އޯތެންޓިކޭޝަން (އެމްއެފްއޭ) ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ޒާތީ މައުލޫމާތުތަކަށް އެދޭ އެސްއެމްއެސްތަކާއި ފޯނު ކޯލުތަކަށް ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު