ރާއްޖޭގެ ދަރަނީގެ ހާލަތު އޮތީ ކަންބޮޑުވާންޖެހޭ ހާލަތުގައި ކަމަށާއި އެ ދަރަނިތައް އަދާކުރާނެ ފައިސާ ދައުލަތުގައި ނެތްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވުމަށް މިރޭ ސަލްޓަންޕާކުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ރައްޔިތުންގެ ލާބަޔަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި އެހެންކަމުން ގައުމުގެ ދަރަނީގެ ހާލަތު ރައްޔިތުންނަށް ކިޔައިދޭން ޖެހޭކަމަށެވެ.
މިއަންނަ އަހަރު 1.2 ބިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި އަދާކުރަން ޖެހޭކަމަށާއި ނަމަވެސް އެ ފައިސާ ދައުލަތުގައި އެބަހުރިތޯ އެއީ އޮތް ސުވާލެއްކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެމަނިކުފާނު ބައްލަވާލެއްވިއިރު ދައުލަތުގައި ބޭރުފައިސާގެ ރިޒާވްގައި މިހާރު ހުރީ 813 މިލިއަން ޑޮލަރު ކަމަށާއި އެއީ ވެސް އިންޑިއާއިން މި ފަހުން ދިން ކަރަންސީ ސްވޮޕްގެ 400 މިލިއަން ޑޮލަރު އޭގައި ހިމެނިގެންކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ހަގީގަތުގައި ބެންކުގައި (ރިޒާވްގައި) އެއްޗެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޑޮލަރުގެ އަގު މައްޗަށް ގޮސް ތަކެތީގެ އަގު ބޮޑުވެފައިވާކަމަށް ވިދާޅުވިއެވެ.
“ސަރުކާރުގެ ހަރަދު އެއްގޮތަކަށް ނުކުރާވަރަށް ތިރިވެއްޖެ. ހަމައެކަނި ކުރާކަމަކީ މުސާރަ ދެއްވުން. އެ ނޫންކަމެއް ނެތް. އެހެންވީމަ އިގުތިސާދަށް ނުކުންނާނެ ފައިސާއެއް ވެސް ނެތް. އިގުތިސާދު އެނބުރޭނެ ގޮތެއް ވެސް ނެތް. އިގުތިސާދު ކުރިއަރާ ދެވޭނެ ގޮތެއް ވެސް ނެތް.” ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ދަރަނި އަލުން އެކުލަވާނެ ގޮތްތަކާއި އެ ފައިސާ ދައްކާނެ ގޮތް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް އެ ފައިސާ ދައްކަވަން ގެންގުޅުއްވާނީ ކޮންކަހަލަ ސިޔާސަތުތަކެއްކަމެއް ސީދާ ވިދާޅެއް ނުވެއެވެ.
އެމަނިކުފާނު ވިދާޅުވީ، ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް މަސައްކަތަކީ ރައްޔިތުންނަށް މި މައުލޫމާތުތައް އޮޅުންފިލުވާދިނުންކަމަށެވެ. އެހެންވެ އެމްޑީޕީން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު